އެވަބްގެ އުފެއްދުންތައް ތައާރަފުކޮށްފައިވަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ހަތެއްގަ އެވެ. މި ފިހާރާގައި މި ބްރޭންޑުގެ އިތުރުންވެސް ގިނަ ބާވަތްތަކުގެ ކޮސްމެޓިކްސް ހުރެ އެވެ.
"އެބަވް" އަކީ ދުނިޔެ އަށް މަޝްހޫރު ބްރޭންޑެކެވެ. ހާއްސަކޮށް މި ބްރޭންޑުގެ މަގުބޫލުކަން ދެކުނު އެމެރިކާގައި ބޮޑެވެ. ސަބަބަކީ މި ކޮސްމެޓިކްސް ކަލެކްޝަން ތަމްސީލް ކުރާ އެމްބެސެޑަރުގެ މަގުބޫލުކަން ބޮޑުވުމެވެ. މި ސަބަބާހުރެ ކުޅިވަރުތަރިންގެ މެދުގައި އެބަވް އުފެއްދުންތައް މަގުބޫލެވެ. މި ކޮސްމެޓިކްސް އާއި މި ނޫންވެސް ޒީނަތްތެރިވުމުގެ ގިނަ ސާމާނާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަނީ ފިހާރައެއް ހުޅުވާފަ އެވެ.
ހިޔާ އަވަށުގެ ވިނަރެސްގެ ހަތް ވަނަ ޓަވަރުގެ ގްރައުންޑު ފްލޯގައި ހުޅުވާފައިވާ "ނޯނޭމް" އިން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެބަވްގެ އިތުރުން އެހެނިހެން ކޮންސްމެޓިކްސްގެ ވައްތަރުތައްވެސް މި ތަނުން ލިބެން ހުންނާނެ އެވެ.
"ސްޕޯޓްސް އިންޖަރީއަށް ފަރުވާ ކުރަން ބޭނުން ކުރާ ގިނަ ވައްތަރުތަކުގެ ސްޕެރޭވެސް މިތަނުން ލިބެން ހުންނާނެ. މީގެ އިތުރުން ވެސް ރޯލްއޯން އާއި ބޮޑީ ސްޕެރޭ އަދި ލޯޝަންވެސް ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި ފިހާރަ އިން ލިބެން ހުރި ތަފާތު އުފެއްދުންތަކުގެ ތެރޭގައި ޒުވާން ފުރާއަށް އަޅައިގެން އަންނަ ޓީން ކުދިންނަށް ހާއްސަ ބޮޑީ ސްޕެރޭވެސް ހިމެނެ އެވެ. އަދި ކުޅިވަރާއި ސްކޫލްއަށް ދިއުމުގައިވެސް ބޫޓަށް އަރާ މީހުންގެ ފައިން ނުބައިވަސް ދުވާ މައްސަލައިގެ ހައްލު ވެސް އޮތީ މި ފިހާރާގަ އެވެ. އަދި އަންހެނުންނަށް ބޭނުންވާނެ މި ނޫންވެސް ގިނަ ބާވަތްތަކުގެ ކޮސްމެޓިކްސް މިތަނުން ލިބެން ހުރެ އެވެ.