މިދިޔަ މަހު ޗައިނާ މާކެޓުން 30 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައިވެ އެވެ. މިދިޔަ މަހަކީ ހަ އަހަރުތެރޭ އެންމެ ގިނައިން ޓޫރިސްޓުން އައި ޖުލައި މަހެވެ.
މިހާރު ރާއްޖޭގެ ޓޫރިޒަމް ނުކުންނަމުންދާ "އޮފް ސީޒަން" ގެ ދުވަސްވަރަކީ މިފަހުގެ ތާރީހެއްގައި އައި އެންމެ ދަށް އޮފް ސީޒަންގެ ގޮތުގައި ބުނެވިދާނެ އެވެ. އެކަމަކު އެ ދުވަސްތައް މާޒީވެ ޓޫރިޒަމް ރަނގަޅުވާން ފެށުމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފަ އެވެ. ޓޫރިޒަމްގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖުލައި މަސް ވެގެން މިދަނީ މިދިޔަ ހަ އަހަރުތެރޭ ގިނައިން ޓޫރިސްޓުން އައި ޖުލައި މަހަށެވެ. - ޖުލައިގެ ރެކޯޑެކެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޓޫރިޒަމަށް 14 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް ވަނީ ލިބިގެން ގޮސްފަ އެވެ. މިދިޔަ މަސް ނިމުނުއިރު ރާއްޖެ އަށް ޖުމްލަ 161,443 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައިވަނީ 141,162 މީހުންނެވެ. އެހެންވެ މިއީ 14 ޕަސެންޓަށް ވުރެ ބޮޑު ކުރުއެމެކެވެ.
ދަ މިރާގެ ދިރާސާ ދައްކާ ގޮތުގައި މިދިޔަ މަހަކީ ޓޫރިޒަމްގެ އާ ރެކޯޑެވެ. ސަބަބަކީ މިދިޔަ މަހު ޓޫރިސްޓުން އައި 161,443 އަކީ އޮފް ސީޒަންގެ ފަހުކޮޅު އެންމެ ގިނައިން ޓޫރިސްޓުން އައި މަހަށްވުމެވެ. މިދިޔަ މަސް ވެގެންދަނީ ކޮވިޑް-19 ގެ ޓޫރިޒަމް ރެކޯޑް ހެދި 2019 ގެ ޖުލައި މަހަށްވުރެ ވެސް ޓޫރިސްޓުންގެ ނަމްބަރު ގިނަ މަހެއްކެމެވެ.
މިދިޔަ މަސް ފާހަގަ ކުރެވެނީ ޓޫރިޒަމްގެ ގަދަ 10 ގައި ހިމެނޭ ތިން ގައުމުން އެންމެ ގިނައިން ޓޫރިސްޓުން އިތުރުވި މަހަށެވެ. ހަ އަހަރަށް ބަލާއިރު މިކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރަށް ބެލިނަމަވެސް ގަދަ ތިން ގައުމުން އެއް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން އިތުރުވެފައެއް ނެތެވެ.
މިދިޔަ މަސް ވެގެން ދަނީ ޓޫރިޒަމް ނަމްބަރުގެ ތިން ވަނާގައި އޮތް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައި މަހަށެވެ. ޗައިނާ އިން ޖޫން މަހު 119,822 ޓޫރިސްޓުން އައިނަމަވެސް މިދިޔަ މަހު ޖުމްލަ އަދަދު ވަނީ 157,560 އަށް އިތުރުވެފަ އެވެ. މިއީ 31 ޕަސެންޓު ނުވަތަ 37,738 އަށްވުރެ ގިނަ ޓޫރިސްޓުން އިތުރުވުމެކެވެ. އަދި ރަޝިއާ އިން ވެސް މިދިޔަ މަހު ވަނީ ކުރީ މަހަށްވުރެ 20,970 މީހުން އިތުރުވެފަ އެވެ. މީގެ އިތުރުން ޔޫކޭ އިން އިތުރުވި ޓޫރިސްޓުންގެ އަދަދު ހުރީ 11,372 ގަ އެވެ.
އާމްދަނީ އަށް ވާ ގޮތް - ޓޫރިސްޓުންގެ ބޯ އިތުރުވިނަމަވެސް ސުވާލަކީ އާމްދަނީ އެވެ. އާމްދަނީގެ ސައިޑުން ބަލާނަމަ އާމްދަނީ އިތުރުވެފައިވަނީ ނިސްބަތުން މަދުނެވެ. ސަބަބަކީ ޓޫރިސްޓުން ތިބޭ މުއްދަތު އިތުރުވުން ލަސްކަމެވެ.