މި ބައިނަލްއަގުވާމީ ސެމިނާ އާއި އޭއައިޔޫއޭގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެރި ވަޑައިގަންނަވާ ބޭރުގެ ޔުނިވާސިޓީތަކުގެ އިސްވެރިންނާއި މަންދޫބުން މިހާރު ގެންދަވަނީ މާލެ ވަޑައިގަންނަވަމުންނެވެ.
އޭޝިއާގެ އިސްލާމީ ޔުނިވާސިޓިތައް ތަމްސީލު ކުރާ ޖަމިއްޔާ، އޭޝިއަން އިސްލާމިކް ޔުނިވާސިޓީސް އެސޯޝިއޭޝަން (އޭއައިޔޫއޭ) އަހަރީ ބައްދަލުވުން މި މަހު ރާއްޖޭގައި ބާއްވަން ތައްުޔާރުވެއްޖެ އެވެ.
ރާއްޖޭގައި މި އަހަރުގެ ބައްދަލުވުން ބާއްވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގައެވެ. މިއީ އެ ޖަމިއްޔާގެ 14 ވަނަ އަހަރީ ބައްދަލުވުމެވެ. ބައްދަލުވުން އޮންނަނީ އަންނަ ހޮނިހިރު ދުވަހު ޔުނިވާސިޓީގެ ހޯލުގަ އެވެ.
އޭއައިޔޫއޭގެ އަހަރީ ބައްދަލުވުމަށް މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ތައިލެންޑާއި ބުރުނާއި ދާރުއްސަލާމް އާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން 60 އަށް ވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އައިޔޫއެމުން މިއަދު ބުނީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ޔުނިވާސިޓީގެ އިސްވެރިންގެ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެ އާއި އައިޔޫއެމަށް ވެސް ލިބޭ ޝަރަފެއް ކަމަށެވެ.
ހޮނިރު ދުވަހު ފަށާ ބައްދަލުވުމުގެ އިތުރަށް އެ ދުވަހު ބައިނަލްއަގުވާމީ ސެމިނާރެއް ވެސް ކުރިޔަށް ގެންދާނެ އެވެ. އެ ސެމިނާރުގައި ސާމިލުކޮށްގެން އުނގައްނައި ދިނުމުގައި އޭޝިއާގެ މަތީ ތައުލީމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކާއި ފުރުސަތުތަކާބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. އަދި އެ ސެމިނާގައި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ތައިލެންޑާއި ބުރުނާއީ ދާރުއްސަލާމުގެ އޮފިޝަލުން ކަރުދާސް ހުށަހަޅުއްވާނެ އިރު އެ ބައްދަލުވުމުގައި ބައިވެރިވާ ޔުނިވާސިޓިތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކުރަން ފަހުމުނާމާއެއްގައި ސޮއި ކުރުން ވެސް އޮންނާނެ އެވެ.
މި ބައިނަލްއަގުވާމީ ސެމިނާ އާއި އޭއައިޔޫއޭގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެރި ވަޑައިގަންނަވާ ބޭރުގެ ޔުނިވާސިޓީތަކުގެ އިސްވެރިންނާއި މަންދޫބުން މިހާރު ގެންދަވަނީ މާލެ ވަޑައިގަންނަވަމުންނެވެ.