ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 36

"ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ.. ފަހުން ގުޅުއްވާލައްވާ.." ނާޝިދު ފޯނު އެނދާ ދިމާލަށް ހޫރާލިއެވެ. ނާޝިދުގެ ދުލުން ނުކުތީ އެންމެ ނަމެކެވެ. އެއީ "ހައިކަލް" ގެ ނަމެވެ.

– އެޕިސޯޑް 36-

"ހާދަ އިރެކޭ.. އަނެއްކާ ކީއްބާ ހައިކަލް އެ ކުރަނީ؟ އެގެއަށް ދިޔަ ފަހުން އަދި ހައިކަލްގެ ޚަބަރެއް ނުވޭ!" ނާޝިދު ކަންބޮޑުވާ ގޮތްވިއެވެ. ހައިކަލް އާއި ނިއުޝާއާ ދޭތެރޭގައި ކަމެއް ހިނގާފާނެތީއެވެ. އެއީ ނާޝިދު ބޭނުންވާ ގޮތެއް ނޫނެވެ. ނާޝިދު ހައިކަލްގެ ކިބައިން އެދުނީ ނިއުޝާއާ އެފަދަ ގޮތަކަށް ގާތްނުވެ، ނިއުޝާގެ ޙަޤީޤަތް ހޯދާށެވެ. ނިއުޝާއާ ލޯބީގެ ގޮތުން ގުޅޭކަމަށް ދެއްކުނަސް، ނިއުޝާއާ ގާތް ނުވުމަށް ނާޝިދު މާކުރިން ސުރެ ވަނީ ހައިކަލް އަންގާފައެވެ. އެއީ ނާޝިދު ފަޔާޒަށް ކުރާ އިޚްތިރާމަކުންނެވެ.

ފަޔާޒްގެ އަންބަކަށް ނިއުޝާ ވީތީ އެވެ. ނާޝިދު މިހުރިހާ ކަމެއް އެކުރަނީ ވެސް ފަޔާޒަށް ޓަކައެވެ. ފަޔާޒް ދެކެ ނިއުޝާ ލޯބި ނުވާ ކަމާއި، ނިއުޝާ އުޅެނީ ވަރަށް ގިނަ ކަންކަން ފަޔާޒަށް ސިއްރުކޮށްގެންކަން ނާޝިދަށް އިޙްސާސް ވާތީއެވެ. ނާޝިދު ބޭނުންވީ އޭނާއަށް އެ ކުރެވޭ ހީތައް ޔަޤީން ކުރާށެވެ.

ސިކުންތި ކަށި އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުން ދެއެވެ. ހައިކަލް އާއި ނިއުޝާގެ ނޭވާގެ ހިނގުން ސިކުންތު ކަށި ފަދައިން ހަލުވި މިނުގައި ހިނގަމުން ދަނީއެވެ. އެދެމީހުންގެ ގައިން ހިއްލަމުންދާ ދާތިކިތަކަށް ދިޔައީ ދެހަށިގަނޑުން ހިއްސާ ކުރަމުންނެވެ. ވެހެމުންދާ ބޯ ވާރެއާ، މުޅި މާހައުލަށް ވެރިވެފައިވާ ފިނިކަމުގެ އެއްވެސް އަސަރެއް އެ ދަހަށިގަނޑަށް މިހާރަކު ނުކުރެއެވެ. އެދެމީހުންނަށް ލިބެމުން ދިޔައީ ހޫނު ކަމުގެ އަރާމެކެވެ. ފިނި ރެޔެއްގެ، ތެތް ފިނި އިޙްސާސްތަކަަށް ހައިކަލްއަށް ކެތް ނުވީއެވެ. ހައިކަލް އަކީ ވެސް ޙިއްޞު ސަލާމަތުން ހުރި ބޮޑު ފިިރިހެނެކެވެ. އަންހެނެއްގެ ފަަރާތުން އެފަދަ ހުށައެޅުމެއް އަމަލީ ގޮތުން ލިބުމުން ހައިކަލްއަށް އޭނާގެ ހިއްޞު ތަކުގައި ތަޅުއަޅުވާލުން ވީ ދަތި ކަމަކަށެވެ. ހާލަތުގެ ގޮތުންނާ ވެސް އެކުގައެވެ.

ނާޝިދުގެ އެދުމާ ޚިލާފަށް ހައިކަލަށް އެތައް ކަމެއް ނިއުޝާއާ އެކުގައި ކުރެވެއްޖެއެވެ. ނުކުރެވޭ ހަމަ އެންމެ ކަމެއް ވެސް ނެތެވެ. ނާޝިދުގެ އެދުމަކަށް ވީ ނަމަވެސް އެފަދަ ދަނޑިވަޅެއްގައި އެކަހަލަ ކަމަކާ ވިސްނާލާކަށް ހައިކަލަށް ފުރުސަތެއް ނުލިބުނެވެ. ހުރިހާ ކަމެއް ހިނގާ ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ހައިކަލް ދަނީތަ؟"

އެނދުމަތިން ހައިކަލް ތެދުވުމާ އެކުގައި، ނިއުޝާ ހިފައިލީ ހައިކަލްގެ އަތުގައެވެ. އަދިވެސް ނިއުޝާ އެކަމަށް ބޭނުން ވެފައިވާ ފަދައެވެ.

"އާނ ނިއުޝާ.. ވަރަށް ލަސްވެއްޖެނު؟" ހައިކަލް ވާހަކަދެއްކީ ޖެހިލުންވެ ހުރެއެވެ.

ނިއުޝާ އޭނާއަށް ކުރެވުނު ކަންތަކާ މެދު އެއްވެސް ޖެހިލުންވުމެއް ނެތެވެ. ނަމަވެސް ހައިކަލް ހުރީ ފާޑަކަށް ބޯގޮވާފައެވެ. ނަމަވެސް އެކަން ދައްކަން އޭނާ ބޭނުން ނުވީއެވެ.

"ދަންވަރު 2 ޖަހާ ބޮޑުވީ... ފެން ވަރާލައިގެން މިދަނީ.."

ހައިކަލް ނިއުޝާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ.

އައު ދުވަހަކަށް އިރު ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ހައިކަލްގެ ހިތަށް ވަނީ މާޔޫސީ ބިޔަ ބޮޑު ރާޅެއް ނަގާފައެވެ. ކުރެވުން ކަންތަކާ މެދުގައި ހައިކަލް ދިޔައީ ހިތާމަ ކުރަމުންނެވެ. ހައިކަލްގެ ހަޔާތުގައި ހައިކަަލަށް ކުރެވުން އެންމެ ބޮޑު "ރިގްރެޓް" ކަމަކަށް ރޭގެ ހާދިސާ ވާނެއެވެ.

ހައިކަލްގެ ބެސްޓް ފްރެންޑަށް އޮޅުވާލެވުނީމައެވެ. ކުރުން މަނާ ކަމެއް ކުރެވުނީމައެވެ. ނާޝިދުގެ އިތުބާރު ގެއްލުވާލެވުނީމައެވެ. ޙަޔާތުން ކަމެއް ޑިލީޓް ކޮށްލަން ލިބެއްޖެ ނަމަ، ހައިކަލް ރޭގަވީ ކަންތައް "ޝިފްޓް ޑިލީޓް" ކޮށްލީހެވެ. އެ ލެވަލްއަށް ހައިކަލް ހުރީ ކަންބޮޑުވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ފޯނު ސައިލެންޓަށް ލާފައި އޮތުމުުން ނާޝިދުގެ ކޯލްތައް ވެސް މިސްވީއެވެ.

އެނދުގައި އޮޮތް ނިއުޝާއަށް އަދިވެސް ނިދޭ ގޮތެއް ނުވެއެވެ. ރޭގެ ކަންތަކާ މެދުގައި ވިސްނެނީއެވެ. ހައިކަލްގެ ކޮންމެ ހަރަކާތެއް ވެސް އެހާ ހުށިޔާރުވެފައި، ފިރިހެން ވަންތައެވެ. ހައިކަލްގެ މަސްތީ އަޑު ނިއުޝާގެ ކަންފަތުގައި ހަރުލާފައި ވެއެވެ. އެނދުގައި އަޅާފައިވާ ބެޑް ޝީޓުން ދުވަނީ ހައިކަލްގެ ވަހެވެ. ފިރިހެންވަންތަ ލުއި މީރު ވެހެކެވެ. ހައިކަލް ޖަހާފައިވާ ސެންޓްގެ ވަހާ އެކުގައި މަޑު ލުއި ފިރިހެންވަންތަ ވަހެއް އެނދުގައި ވަނީ ހިއްޕާލާފައެވެ. އެވަސް ބަލާލަ ބަލާލަ އޮއްވާ އިރު އެރި ކަންވެސް ނިއުޝާއަށް ނޭނގޭ ފަދައެވެ. ނިއުޝާ އަދިވެސް އެފަދަ އެތައް ރެޔެއް ތަކުރާރު ކުރަން ބޭނުން ވެއެވެ. ހައިކަލްއާ އެކުގައެވެ.

ހައިކަލްގެ ޚިޔާލުތަކުގައި އެތައް އިރަކު އޮވެފައި، ނިއުޝާ އޭނާގެ ފޯނު ހުޅުވާލިއެވެ. ނާޝިދުގެ އެއް މިސްޑް ކޯލް ނިއުޝާއަށް ވެސް ވަނީ ލިބިފައެވެ. ނިއުޝާ އެކަމަށް އެއްވެސް ސަމާލުކަން ނުދީ ވަނީ ފޭސްބްކް ހައިކަލްގެ ޕޭޖަށެވެ. އަދި މަޑުމަޑުން ހައިކަލްގެ ފޮޓޯތަކަށް ބަލަމުން ގެންދިޔައެވެ. ފޮޓޯއަކަށްފަހު ފޮޓޯއެކެވެ. ގިނައީ ކެމްޕޭން ފޮޓޯތަކެވެ. 

އެހެން އޮވެފައި ދެން ހުޅުުވާލީ ވައިބަރެވެ. ފުރަތަމަވެސް ނިއުޝާގެ ދެލޯ ދިޔައީ ބޮޑު ވެގެން ނެވެ. ނިއުޝާގެ ބައްޕަގެ މެސެޖެއް ވައިބާރ އިން ލިބިފައި ވުމުންނެވެ. ނިއުޝާ ލަސްނުކޮށް ވަރަށް އަވަހަށް އެ މެސެޖު ހުޅުވާ ބަލާލިއެވެ. ހަމަ އެއާ އެކުގައި ނިއުޝާއަށް އެނދުމަތިން ފުންމައިގެން ތެދުވެވުނެވެ. ސަމާ އާއި މާއިޒްގެ ކައިވެނީގެ ފޮޓޯ ވެގެން ދިޔައީ ނިއުޝާގެ ލޯމައްޗަށް ފެނުން ބޮޑު ޒަލްޒަލާ އަކަށެވެ.

"ވަޓް؟؟؟؟؟" ނިއުޝާއަށް ހީވީ އޭނާގެ ހަށިގަނޑު ފަޅާލާފައި ހިތް ބޭރަށް ނުކުމެގެން ދިޔަހެންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.