އީރާނުން މަހުސާ އަމީނީގެ އާއިލާއަށް އިންޒާރު ކުރީ މާކަންތައް ބޮޑު ނުކުރަން

މަހްސާ އަމީނީ މަރުވި ދުވަހުގެ ހަނދާނުގައި އިއްޔެ އީރާނުގައި މުޒާހަރާތަކެއް ކޮށްފާނެތީ ގިނަ ސިޓީތަކުގައި ހަތިޔާރު އެޅި ގާޑުން ބައިތިއްބާ ސަލާމަތީ ގޮތުން ވަރުގަދައަށް ފިޔަވަޅުތައް އަޅައި ހަރަކާތްތެރިވެފައި ވެއެވެ.

އީރާނުގެ ފުލުހުން އޮބައިގަނެ ހައްޔަރުކޮށްފައި ހުއްޓާ މަހްސާ އަމީނީ މަރުވިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިއްޔެ އީރާނުގެ ކަމާބެހޭ ފަރާތްތަކުން މަހްސާ އަމީނީގެ ބައްޕަ ބަންދު ކޮށްގެން އިރުގަނޑަކު ގެންގުޅެ "މާކަންތައް ބޮޑު ނުކުރަން" އިންޒާރު ކޮށްފައިވާ އީރާނުގެ ނޫސްވެރިންނާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނެފި އެވެ. 

މަހްސާ އަމީނީ މަރުވެފައި ވަނީ ސެޕްޓެމްބަރު 16، 2022 ގައެވެ. އެއީ އީރާނުގެ ސަރުކާރުން ގަބޫލު ކުރާ އަހުލާގީ މިންގަނޑުން ބޭރުގައި ބުރުގާ އަޅައިގެން އުޅުނު ކަމަށް ބުނާ މައްސަލައެއްގައި އޮބައިގަނެ ހައްޔަރު ކޮށްފައި ހުއްޓަ އެވެ. އީރާނުން އޭރު ދެއްކި ހުއްޖަތަކީ ގަވައިދަށް ފެތޭ ގޮތަށް އަދި އީރާނުގެ އަހުލާގް ހިފެހެއްޓޭ ގޮތަށް މަހްސާ އަމީނީ އެއް ގޮތަކަށް ބުރުގާ ރަނގަޅަށް އަޅަމން ފަރުވާ ނުބަހައްޓާ ކަމަށެވެ. 

އޭނާގެ މަރާ ގުޅިގެން މުޅި އީރާނުގައި މުޒާހަރާތައް ފަށައި ހަމަނުޖެހުންތައް އިންތިހާއަށް ބޮޑުވެގެން ދިޔަ އެވެ. 

އީރާނުގެ ނޫސްވެރިޔާ މާޒިޔާރު ބަހާރީ ސީއެންއެންއަށް ބުނީ މަހްސާ އަމީނީގެ ބައްޕަ އަމްޖަދަށް މިދިއަ ދުވަސްތަކުގައި އީރާނުގެ ސެކިއުރިޓީ އޮފިސަރުން ގަވާއިދުން ހާޒީރުވާން ޗިޓް ފޮނުވަމުން ދިޔަ ކަމަށާއި އިއްޔެ އޭނާ ހިފައި ހައްޔަރު ކޮށްގެން މަދު ގަޑިއިރުކޮޅަކަށް ނަމަވެސް ގެންގުޅެފައިވާ ކަމަށެވެ.

އަމީނީ މަރުވިތާ އެއް އަހަރު ފުރޭތީ މިދިއަ ހުކުރު ދުވަހު ހުޅަނގު ކުރުދީ ސިޓީއެއް ކަމަށްވާ ސަކްގާޒްގައި ހުންނަ މަހްސާ އަމީނީގެ މަހާނައަށް އާއިލާއިން ޒިޔާރާތެއް ކުރި އެވެ. 

އޭރު އެ މަހާނަ ހިމެނޭ ސަހަރާއަށް ވާ ސަރަހައްދުގެ މަތީގައި ސަރުކާރުގެ ހެލިކޮޕްޓަރުތައް އުދުހެމުން ދިޔަތަން ފެނިފައިވާއިރު، މުޅި އެ ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ އަސްކަރީ މުވައްޒަފުންނާއި ފުލުހުން ތިބި ކަމަށެވެ. އަދި އިއްޔެ މަހްސާގެ ބައްޕަ އަމްޖަދާއި އޭނާގެ ފިރިހެން ދަރިފުޅަކު ތިން ހަތަރު ގަޑިއިރު ވަންދެން ބަންދުގައި ގެންގުޅުނު ކަމަށާއި މަހުސާ އަމީނީ މަރުވިތާ އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުތައް ބާއްވައި އެކަންކަމަށް ހިތްވަރު ދީ ބައިވެރިވުމަށް ގޮވާ ކަންތައް ފަލަ ކުރާ ނަމަ ދުރު ހިސާބު ރަށަކަށް އަރުވާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އަމްޖަދު ބަންދުކުރި ކަމަށް ބުނާ ރިޕޯޓްތައް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ދޮގު ކުރެ އެވެ. ދައުލަތުގެ މީޑިއާ އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އެ ރިޕޯޓްތައް އެއީ ދޮގު" ކަމަށެވެ. 

މަހްސާ އަމީނީގެ ބޮޑުބޭބެ ސަފާ އައީލީ ވެސް މިދިއަ އަންގާރަ ދުވަހުހައްޔަރުކުރުމަށް ފަހު ދޫކޮށްލި ކަމަށް އެ އާއިލާގެ މެމްބަރަކާއި ހަވާލާދީ ހިއުމަން ރައިޓްސް އެކްޓިވިސްޓުންގެ ނިއުސް އެޖެންސީތަކުން ބުނެ އެވެ.

މަހްސާ އަމީނީ މަރުވި ދުވަހުގެ ހަނދާނުގައި އިއްޔެ އީރާނުގައި މުޒާހަރާތަކެއް ކޮށްފާނެތީ ގިނަ ސިޓީތަކުގައި ހަތިޔާރު އެޅި ގާޑުން ބައިތިއްބާ ސަލާމަތީ ގޮތުން ވަރުގަދައަށް ފިޔަވަޅުތައް އަޅައި ހަރަކާތްތެރިވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.